73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ. މިިއަދު ހަވީރު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބޭއްވި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން […]

ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަމާއެކު ވަޒީރު ރާފިއު، ޕީއެންސީގެ ނައިބަކަށް ވާދަކުރައްވަނީ!

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މަތީ މަޖިލީހުގައި އެ ޕާޓީގެ ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އިއުލާނުކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަގާމަށް އެމަނިކުފާނު އިންތިހާބު ކުރެއްވުމުގައި މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. ވަޒީރު ރާފިއު އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ މަގާމުގައެވެ. އެއަށްފަހު […]

މެންބަރު ސައުދާ، ކޮންގްރެސް ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ. މީސިްމީޑިއާގައި ސައުދާ މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ނައިބު ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ސައުދާ އިންތިޚާބުވެވަޑައިގަތީ 2024 ވަނަ އަހަރު އެވެ. މަޖިލީހުގެ ގޮނޑީގެ އިތުރުން ސަރުކާރު ހިންގުމާއި، ކޮންގްރެސް ޕާޓީގެ މަސައްކަތްތަކުގައި ސައުދާ މުހިއްމު ދައުރެއް […]

ރިސޯޓް ވޮލީގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ. ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ގައި ކުރިއަށްގެންދިޔަ މި މެޗު ފެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތަޢާރަފުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މެޗުގައި ބައްދަލުކުރި ދެ ޓީމު، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓާއި ބަނޑޮސް […]

ރާއްޖެ-ތުރުކީ ޕީޓީއޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ މަސްވެރިކަމަށް ލިބޭ ކުރިއެރުމެއް: މަސްވެރިކަމާ ބެހޭ ވުޒާރާ

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މައާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމު މިއަދު އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ، ބޮޑު ކުރިއެރުމެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިޔަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ […]

ފުރަތަމަ ދުވަހުވެސް ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ”މަދިރިން ރައްކާ“ ކެމްޕޭންގެ ދަށުން ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން މިއަދު ނައްތާލައިފިއެވެ. ”މަދިރިން ރައްކާ“ ގެ ނަމުގައި މިއަދު ހެނދުނު ފެށި މި ޕްރޮގްރާމްގައި އެޗްޑީސީއާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައި ވެއެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން މޯޕާ އަދި އިތުރު ފަރާތްތައް ހިމެނޭހެން ގާތްގަނޑަކަށް 150 […]

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މާދާމާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. މި އިންތިހާބަށް ޖުމްލަ 4154 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފައެވެ. މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ. ވޯޓު ފޮށި ބަހައްޓާ ތަންތަން: * މާލެ، ދަރުމަވަންތަ ސްކޫލް، […]

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ. ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދާނީ އަތޮޅުތައް ވަކިންނެވެ. އެގޮތުން ޖޫން 5 އަދި 6 ގައި އޮޑިޝަން ބުރު ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ. ޖޫން 12 އަދި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. […]

މިއަދުން ފެށިގެން ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނެ

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިން މައްކާއަށް ގޮސްފައިވަނީ ގައުމީ އެއާލައިން– މޯލްޑިވިއަން އަދި ސައުދީ އެއާލައިނުންނެވެ. ހައްޖުވެރިން އައުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން މިއަދާއި، އާދިއްތަ، ހޯމަ އަދި އަންގާރަ، މި ހަތަރު ދުވަހުއެވެ. ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް: * 05 ޖޫން […]

ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭނަމަ ހައްލުކޮށްދޭނަން: ބީއެމްއެލް

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި  މައްސަލައެއް ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު– ބީއެމްއެލްއިން ބުނެފިއެވެ. އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުމަށް ބޭންކުން ނިންމާފައިވެއެވެ. އެއާއެކު، ހިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ. އެ ކަމާ […]

Back To Top